ކުނި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް ފަރަށް އަރައިފި

ކ. އޮޅަހަލި ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ގެންދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ. އެދޯނި އަރައިފައިވަނީ ކ. ކަގި ކައިރީގައި އޮންނަ ފަރަކަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއީ 52 ފޫޓުގެ ދޯންޏެކެވެ. ދޯނި ފަރަށްއެރި އިރު އޭގައި ދެމީހަކު ތިބި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަކުންދަނީ ދޯންޏަށް އެހީތެރިވުމުގެ މަސައްކައް ފަށައިފައެވެ. މިއީ "ރޯދި" ނަމަކަށް ކިޔާ ދޯންޏެކެވެ. މިހާދިސާގައި މީހަކަށް އަނިޔާ ނުވެއެވެ. މިއަދު ހެނދުނު 9:25 ގައި ދޯނ ި ވަނީ ފުންކުރެވިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.