ސީ ކުއީންގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ސީ ކުއީން ބޯޓުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ: ފޮޓޯ ސޯޝަލް މީޑިއާ

ކުޅުދުއްފުށީ ފަޅުތެރޭގައި އޮތް އެރަށު ސީ ކުއީން ބޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

މާލެއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ އެބޯޓުގައި ރޯވެފައިވާ ކަމުގެ މަޢުލޫމާތު މިއަދު 12:28 އެހައިކަންހާއިރު އެމްއެންޑީއެފަށް ލިބުމުން ކުޅުދުއްފުށީގައި މަސައްކަތްކުރާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވާލައިފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބޯޓުގެ އިންޖީން ރޫމުން މިހާރުވެސް ބޯކޮށް ދުން އަރަމުން ދާ ކަމަށެވެ. ދުން ބޭރު ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ ވެސް އިންޖީން ރޫމުގައެވެ. މި ޙާދިސާގައި ބޯޓަށް ލިބުނު ގެއްލުމާބެހޭ އެއްވެސް މަޢުލޫމާތެއް އަދި ނުލިބެއެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބު ވެސް އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.