ޑރ. ޚަލީލް ބޭނުންވަނީ ނިލަންދޫގައި ފުޑުކޯޓުތަކެއް ތަރައްޤީ ކުރަން

ފ. ނިލަންދޫ ދާއިރާއަށް ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވައިފައިވާ އެދާއިރާގެ މިހާރުގެ ވެސް މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ބޭނުންވަނީ ނިލަންދޫގައި ފުޑުކޯޓުތަކެއް ތަރައްޤީ ކުރައްވަން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފުޑުކޯޓު ތަރައްޤީ ކުރައްވަން އޭނާ ބޭނުންވަނީ އެރަށުގެ ކުރީގެ ވޭސްޓްމެނޭޖެމުމެންޓް ސެންޓަރުގައެވެ.

"އެތަން ނައްތާލުމުގެ ބަދަލުގައި އެތަނަށް ތަސައްވުރެއް އެބައޮތް. އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ތަސައްވުރުގައި ވަނީ މުޅި އެސަރަޙައްދަށް ދިރުން ގެނުވާނެ ފަދަ ފުޑުކޯޓުތަކެއް އެތަނުގައި ހުރުން،" ޑރ. ޚަލީލް ވިދާޅުވިއެވެ. ވޭސްޓު މެނޭޖުމެންޓް ހަދާފައި ވަނީ އެރަށު ބޮޑުމަގުގެ އިރުމަތީ ކޮޅުގައެވެ.

މި ދުވަސްވަރަކީ ކެންޑިޑޭޓުންގެ ކެމްޕޭން ދުވަސްވަރެވެ. މިދުވަސްވަރަކީ ދާއިރާއަށް ކޮށްދެއްވާނެ ކަންކަން ކެންޑިޑޭޓުން އިޢުލާން ކުރައްވައި ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާ ދުވަސްވަރެވެ. ނިމިގެން މިދާ ދައުރުގައި ޑރ. ޚަލީލް ވަނީ ސަރުކާރު ތެރެއިން އެދާއިރާއަށް ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ މިފަހަރުވެސް އެދާއިރާގެ ގޮނޑި ލިބޭނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.