މާލޭގައި ހިނގި މާރާމާރީއެއްގައި ދިވެއްސަކާއި ބިދޭސީއަކު ޒަޚަމްވެއްޖެ

މާލޭގެ ގުދަނެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގައި ދެ މީހުން ވެސް ޒަޚަމް ވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ޙާދިސާގައި ޒަޚަމް ވެފައިވަނީ ޢުމުރުން 25 އަހަރުގެ ބަނގްލަދޭޝް މީހަކާއި 38 އަހަރު ދިވެއްސެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހުގެ 2:40 އެހައިކަންހާއިރު، ގަލޮޅު ލޯލާ ކައިރީގައި ހުރި ގުދަނެއްގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ދެމީހުންނަށް ވެސް މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ކަމަށާއި ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި 38 އަހަރުގެ މީހާ ވަނީ ބަންދުކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.