މާލޭ ގެއެއްގެ ހަވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ

މާލޭގެއެއްގެ ހަވަނަ ބުރިން ރޭ ފަތިހު މީހަކު ވެއްޓި މަރުވެއްޖެއެވެ. ރޭ ފަތިހު 4:05  އެހައިކަންހާއިރު ހިނގި މިޙާދިސާގައި މަރުވެފައވަނީ ޢުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހާ ވެއްޓުނީ މަގުމައްޗަށެވެ. ވެއްޓުނީ ބެލްކަނިން ކަމެއް ކުޑަދޮރުން ކަމެއް އެނގިފައެއް ނުވެއެވެ. އަދި އޭނާ ވެއްޓެން މެދުވެރިވި ސަބަބެއް ވެސް އެނގިފައެއް ނުވެއެވެ. އެއީ ކޮންރަށެއްގެ ކޮން ގެއެއްގެ މީހެއް ކަމަށް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ފުލުހުން ވިދާޅުވީ އެމީހާ ވެއްޓުމުން އޭނާވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން ވިދާޅުވެފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ. މިޙާދިސާއާ ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ނުދެއްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.