އެސްބީއައި ކައިރިން ފޭރުނު 4 މީހުން ބަންދުކޮށްފި

ސްޓޭޓު ބޭންކުއޮފް އިންޑިއާ (އެސްބީއައި) ކަރިން ހިނގާފައި ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ފައިސާ ފޭރުނު 4 މީހަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެފައިސާތައް ފޭރިގެންފައިވަނީ ހެލްމެޓު އަޅައިގެންތިބި 4 މީހެއް ކަމަށާއި އެމީހުން ފޭރިގެންފައިވަނީ 2.3 މިލިއަން ރުފިޔާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެފައިސާއަކީ ބީއެޗުއެމްޓްރޭޑާސްއިން އެސްބީއަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެކެވެ.

މިމައްސަލާގައި ބަންދުކޮށްފައިވަނީ ޢުމުރުން 23 އަހަރުގެ ދެ މީހަކާއި 18 އަހަރުން ދަށުގެ ދެކުދިން ކަމަށް ވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

އެމީހުން އެފައިސާތައް ފޭރިގެންފައިވަނީ ދެ ސައިކަލެއްގައި އައިސް ފައިސާ ގެންގުޅުނު މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހުގައެވެ.

މިއަދު ހެނދުނު 9:53 އެހައިކަންހާއިރު ހިނގި މިޙާދިސާގައި ފައިސާ ޖަމާކުރަން ދިޔަ މީހާ މިހާރުވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައެވެ. އެހެންނަމަވެސް އެނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.