ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއް: އެކްސިޑެންޓުތައްމަދުކުރުމަށް އިތުރު މަސައްކަތްކަތް ކުރަންޖެހޭ

ފުވައްމުލަކު ސިޓީގައި މިއަދު މެންދުރު ފަހު ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ތިންމީހުންގެ ތެރެއިން ސީރިއަސް އަނިޔާ ލިބިފައިވަނީ އެއް ސައިކަލް ދުއްވައިން ލަންކާ މީހަކަށް ކަމަށެވެ. އޭނާގެ ކަނާތާއި، ފައިވަނީ ބިނދިފައެވެ.

އަނެއް ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ޒުވާނެކެވެ. އޭނާއަށާއި އޭނާގެ ފަހަތުގައި އިން 24 އަހަރުގެ މީހާއަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރުދަނީ އެމީހުންނަށް ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ ފުވައްމުލަކު ސިޓީ ހައިވޭ ރެސްޓް ކައިން ކަމަށެވެ. އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މެންދުރު ފަހު 2:15 ގައި ކަމަށާއި ފުލުހުން އެސަރަޙައްދަށް ދިޔައިރު ޢާއްމުންގެ ބަޔަކު ވަނީ އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ގެންދަނީ މި އެކްސިޑެންޓްގެ މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.