އެންމެބޮޑު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އައްޑޫގައި ގާއިމް ކުރައްވަނީ

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރު އައްޑޫސިޓީގައި އަޅުއްވައިދެއްވަނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ އިޢުލާން ކުރައްވައިފިއެވެ.

އައްޑޫސިޓީ މަރަދޫ ބަނދަރު ސަރަޙައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ އައްޑޫސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަތަކުގެ ތެރޭގައި ހިމެނޭ ޑްރަގުގެ މައްސަލައަށް ޙައްލު ހޯއްދެއްވުމަށް މަސައްކަތް ކުރެއްވުމުގެ ގޮތުން އަޅުއްވާ ތަނެއް ކަމަށެވެ. އެ ގޮތުން މަސްތުވާތަކެތީ ޝިކާރާއަކަށް ވެފައިވާ ޒުވާނުން އަލުން އަނބުރައި މުޖުތަމަޢުއަށް ގެންނެވުމަށް އެތަނުގެ ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި އެސެންޓަރު އަޅުއްވާނެ އަވަށެއް ހާމައެއް ނުކުރައްވައެވެ.

މިރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ ތަސައްވުރަކީ އައްޑޫ ސިޓީން އުފެދިގެން އައިސްފައިވާ އެއްޗެއް ކަމަށާއި އެ ތަރައްޤީ އައްޑޫގައި ތަންފީޒު ވެސް ވާންޖެހޭނެ ކަމަށެވެ.

އައްޑުއަކީ މާލެ ފިޔަވައި އާބާދީ ވެސް އެންމެ ބޮޑުވެފައި ތަރައްޤީގެ ފުރުސަތު އޮތް ސިޓީއަށް ވުމުން މިސަރުކާރުން އައްޑޫ ތަރައްޤީ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އައްޑޫގެ ހަތްދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ 7 ކެންޑިޑޭޓުން ވެސް ވާހަކަ ދެއްކެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.