މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 17 މީހަކު ބަންދު ކޮށްފި

ގަލޮޅު ގެއެއްގައި މަސްތުވާތެކެތު ބޭނުންކޮށް އޭގެ ފިޔަވާރި ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި 17 މީހަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ ޢުމުރުން 18 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެމީހަކާއި، 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހަކާއި، 29 އަހަރުގެ ދެ މީހަކާއި، 30 އަހަރުގެ ދެ މީހަކާއި، 32 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހަކާއި، 37 އަހަރުގެ މީހަކާއި، 38 އަހަރުގެ ދެ މީހަކާއި، 41 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދަޅުވިއެވެ. މިއީ މުޅިން ވެސް ފިރިހެނުންނެވެ.

އެ މީހުން ބަންދުކޮށް ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރުމުން މަތުވާތަކެތި ހުރި ދަޅަކާއި، 10 ސެލޯފިން ކޮޅާއި، 164 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަޙުގީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.