ޤާނޫނު ހަދާ މަޖިލީހުގައި ނިސްބަތުން އަންހެނުން ތަމްސީ ކުރެވޭ ގޮތަށް އުސޫލް ޤާއިމް ކުރެވެންޖެހޭ: ޖެންޑަރ މިނިސްޓަރ

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ގެންދަވަނީ ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން.

ރައްޔިތުންގެ މަޖިލިސް ނުވަތަ ޤާނޫނުހަދަ މަޖިލީހުގައި ނިސްބަތުން އަންހެނުންނަށް ތަމްސީލް ކުރެވޭނެ ގޮތަށް އުސޫލު ބަދަލު ކުރަންޖެހޭ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

 

 

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން  ކ. ހިންމަފުށީގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅިވީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިހާރުވަނީ ވަރަށް ގާތްވެފައި ކަމަށެވެ. އެހެންނަމަވެސް އެ އިންތިޚާބަށް ކުރިމަތިލާފައިވާ އަންހެނުންގެ ޢަދަދު ނިސްބަތުން ވަރަށް މަދުކަމަށް އެމަނާ ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭގޮތުގައި މިއީ މި ކަން ވެގެންވާނެ ގޮތެއް ނޫން. ޤާނޫނު ހެދުމުގެ ބާރަކީ ޤައުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމުގައިވާ އިރު، ޤައުމުގެ އަންހެނުންގެ ނިސްބަތުން ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުން ތަމްސީލުކުރެވޭ ގޮތަށް އުސޫލުތައް ޤާއިމްކުރެވެން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގައި ޖިންސީ ތަފާތުކުރުންތައް އަދިވެސް ވަރަށް ބޮޑަށް އެބަހުރި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން ޖެންޑަރ އިކުއަލިޓީގެ ޤާނޫނަށް ދަނީ ޢަމަލުކުރަމުން ކަމަށެވެ. އެހެން ނަމަވެސް ޤާނޫނުގައި ބަޔާންކުރާ ކަންކަން މުޖުތަމަޢުގައި ތަންފީޒުވެފައިނުވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެއީ ނިޒާމުގެ ތެރޭގައި މައްސަލަތަކެއް ހުރިކަން އަންގައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ޤާނޫނު ތަންފީޒު ކުރުމުގެ މަރުޙަލާގައި ހުރި އިހުމާލުތައް ދެނެގަންނަން ޖެހޭ ކަމަށާއި އެކަން ދެނެގަނެ ތަރުތީބުކުރުމުގެ މަސައްކަތް އެ ނިސްޓްރީން ދަނީ ކުރައްވަމުން ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތްތަކުން އަންނަމުން ދާ ބަދަލުތައް މުޖުތަމަޢުއިން ފެންނަން އަދި ވަގުތު ބޭނުންވާނެ. ޤާނޫނު އެކުލަވައިލާފައިވާ ގޮތުން، ތަންފީޒީ މުހިންމު ބާރުތައް އެންމެ ފުރިހަމައަށް ތަންފީޒީ އިދާރާތަކަށް ލިބިދީފައިވޭތޯ ވިސްނާ ފިކުރު ހިންގާލުމަކީ މުހިންމުކަމެއް. އަދި އެ ކަންކަން ފުރިހަމަ ނުވާ ނަމަ، ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ޤާނޫނު ތަންފީޒު ކުރެވޭނެގޮތަށް އިތުރު ވިސްނުންތަކެއް އިސްކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަން ޖެހިފައިވާ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.