ވެމްކޯއިން މާލޭގައި "މާކެޓް ސާވޭއެއް" ފަށަނީ

ވެމްކޯއިން މާލޭގައި މާކެޓް ސާވޭއެއް ކުރަން ނިންމައި އެކަމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. އެކުންފުނިން ވިދާޅުވެފައިވަނީ މި ސާވޭ ކުރިއަށް ގެންދާނީ މާރިޗުމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

މި ސާވޭ ޚާއްސަ ކުރަނީ މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކަށެވެ. މީގެ މައިގަނޑު މަޤްސަދަކީ، ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތްތައް ބޭނުންކުރާ މާލޭގެ ގޭބީސީ ތަކާއި، ވިޔަފާރިތަކާއި އަދި ރަޖިސްޓްރީ ނުކުރާ މިފަދަ ފަރާތްތަކުގެ އިތުރަށް، އަލަށް އުފެދުނު ވިޔަފާރިތަކުގެ އެންމެ ފަހުގެ ތަފްސީލީ މައުލޫމާތު އެއްކުރުން ކަމަށް ވެމްކޯއިން ވިދާޅުވެފައިވެއެވެ.

ސާރވޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލޭ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ސާވޭ ކުރުމަށް ހަމަޖެހިފައި ވަނީ، މަޖީދީ މަގާއި ރޯޝަނީ މަގު ގުޅޭ ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި އަސްރަފީ މަގު ހިމެނޭ ސަރަޙައްދުގެ ގޭބީސީ ތަކާއި ވިޔަފާރިތަކުގައި ކަމަށް ވެމްކޯއިން ވަނީ ވިދާޅުވެފައެވެ.

މި ސާވޭގައި ޙަރަކާތްތެރިވާނީ ވެމްކޯގެ މުވައްޒަފުންނެވެ. މިހަރަކާތުގައި ބައިވެރިވާ އެކުންފުނީގެ ކޮންމެ މުވައްޒަފަކު ވެސް، ސާވޭގެ ބައިވެރިއެއްކަން އަންގައިދޭ ޚާއްސަ ކާޑެއް ނުވަތަ ފާހެއް އަޅައިފައިވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.