އަބުރު ރައްކާތެރިކުރުމުގެ ބިލް އެޖެންޑާ ކޮށްފި

އަބުރު ރައްކާތެރިކުރުމުގެ ބިލާ ދެކޮޅަށް ބޭނުންކުރާ ޕޯސްޓަރެއް
އަބުރު ރައްކާތެރިކުރުމުގެ ބިލާ ދެކޮޅަށް ބޭނުންކުރާ ޕޯސްޓަރެއް
އަބުރު ރައްކާތެރިކުރުމުގެ ބިލާ ދެކޮޅަށް ބޭނުންކުރާ ޕޯސްޓަރެއް

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ބަހުސް ކުރުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.
ނޫސްވެރިންނައި އެނޫންވެސް ގިނަ ބަޔަކު އެބިލާމެދު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެއްވެސް ބަދަލެއް ނުގެނެސް އެބިލަށް ބަޙުސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ބިލް އޮތްގޮތަށް ފާސްކުރައްވާނެކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެބިލް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕް މެންބަރު ޖައުފަރު ދާއޫދެވެ.

މި ބިލް އިސްލާހު ކޮށްދެއްވުމަށް އެދި އެތައް ބަޔަކު ވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕާއި، އެބިލް ހުށެހެޅުއްވި މެންބަރަށް ގޮވާލައްވާފައެވެ. ނަމަވެސް މިބިލާއި ގުޅޭގޮތުން ބިލްހުށަހެޅުއްވި މެމްބަރު ޖައުފަރު ވިދާޅުވީ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ ވަރަށް ބޮޑަށް ބެލުމަށްފަހު ހުށަހަޅާފައިވާ ބިލެއްކަމަށެވެ. އަދި އެބިލުގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.