ލަވްލީ ޔުނިވަރސިޓީން ރާއްޖެއަށް 30 ސްކޮލަރޝިޕް ދީފި

އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީގެ ފަރާތުން މިއަހަރަށް ރާއްޖެއަށް 30 ސްކޮލަރޝިޕް ދީފިއެވެ.

އެ ޔުނިވަރސިޓީގެ ފަރާތުން ވަނީ ރާއްޖޭގެ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަންއާ ބައްދަލު ކުރައްވައި އެ ސްކޮލަރޝިޕްތައް ޙަވާލު ކުރައްވައިފައެވެ.

ސްކޮލަރޝިޕްތައް ޙަވާލު ކުރުމަށް ފެބުރުއަރީ 28 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ޔުނިވަރސިޓީގެ ފަރާތުން ވަނީ އެހެން ކަންކަމާމެދު ވެސް މިނިސްޓަރާއެކު މަޝްވަރާ ކުރައްވައިފައެވެ.

އެ ޔުނިވަރސިޓީން މިއަހަރަށް ރާއްޖެއަށް ދިން 30 ސްކޮލަރޝިޕްގެ ތެރޭގައި ޓިޔުޝަންފީ މުޅިންހިލޭ ދިން 5 ސްކޮލަރޝިޕާއި، 25 ޕަރޝަލް ސްކޮލަރޝިޕް ހިމެނެއެވެ.

ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީގައި މިހާރުވެސް 12 ދިވެއްސަކު ތަޢުލީމް ޙާސިލް ކުރަމުންދާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިއީ އިންޑިއާގެ އެންމެބޮޑު ސިންގަލް ކެމްޕަސް ޔުނިވަރސިޓީ ކަމަށް ވެސް އެ މިނިސްޓްރީ ވިދާޅުވެފައިވެއެވެ. އެތަނުގައި ތިރީސް ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާސިލް ކުރަމުންދެއެވެ. އެތަނުގައި 4000 އަށްވުރެ ގިނަ ފެކަލްޓީ ސްޓާފުން އުޅެއެވެ. އަދި 200 އަށްވުރެ ގިނަ ޕްރޮގްރާމްތަކުގައި ކިޔަވައިދެއްވައެވެ.

ބޭރުގެ ސްކޮލަރޝިޕްތައް ރާއްޖެއަށް ހޯދައި ދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.