ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލަންކާގެ އިތުރު ދެ ބޯޓެއް އަތުކައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެފައިވާ 4 މަސްބޯޓާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ދަތުރު ކުރަނީ: ފޮޓޯތައް އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަން އުޅުނު ލަންކާގެ އިތުރު ދެ ބޯޓު އެމްއެންޑީއެފް ކޯސްޓުގާޑުން ރޭ އަތުކައިގެންފިއެވެ

އެމްއެންޑީއެފްގެ ކޯސްޓްގާޑުން މި ދެބޯޓު އަތުލައިގައިތީ ހއ. ކެލާގެ އިރުއުތުރުން 103 ނޯޓިކަލްމޭލު ބޭރުން ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ ދެ ބޯޓެއް އަތުލައިގެން ކުޅުދުއްފުށްޓަށް ގެނައުމުގެ މަގުމަތީގައެވެ. އެ ދެބޯޓުފެނިފައިވަނި ރޭ ދަންވަރު 2:30 އެހައި އިރުއެވެ.

މި 4 ބޯޓާއެކު އެމްއެންޑީއެފް ކޯސްޓުގާޑުން މިހާރު ދަނީ ކުޅުދުއްފުށްޓަށް ދަތުރު ކުރަމުންނެވެ. މިރޭ 22:30 އެހައިކަންހާއިރު މި ބޯޓު ފަހަރުތަކާއެކު ކޯސްޓުގާޑަށް ކުޅުދުއްފުއްޓަށް ދެވޭނެ ކަމަށް އެތަނުން ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.