ޤައުމީ މަސްލަޙަތު އިސްކުރެއްވުމަށް ޑރ.ވަޙީދު ގޮވާލައްވައިފި

Dr-waheed

ދިވެހިގައުމަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި އަމިއްލަފުޅު މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރެއްވުމަށް ރާއްޖޭގެ މިހާރުގެ ރައީސަށާއި، ކުރީގެ ރައީސުންނަށް، ކުރީގެ ރައީސް ޑރ.މުޙަންމަދު ވަޙީދު ހަސަން ގޮވާލައްވައިފިއެވެ.

މިހާރުގެ ރައިސް އަބްދުﷲ ޔާމިން އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވާ ޑރ.ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ ޒާތީ މަސްލަހަތަށް ވުރެ، އަދި ޚުދު އެ މަނިކުފާނުގެ އަމިއްލަ މަސްލަހަތަށް ވުރެ، ގައުމުގައި ހުރި މައްސަލަތައް މާ ބޮޑު ކަމަށެވެ.
ގައުމުގެ މަސްލަހަތަކީ މުހިއްމު އެއްޗަކަށް ވާންޖެހޭނެ ކަމަށާއި އަދި ގައުމުގައި އެއްބައިވަންތަކަށް ގާއިމް ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.