ބުލެކް މެއިލްގެ މައްސަލައެއްގައި ދެމީހެއްގެ ފޯން ފުލުހުން ހިފަހައްޓައިފި

ބަލަމުންދާ ބުލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ކ. ހުރާއިން، ދެމީހެއްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމީހުންގެ ފޯން ފުލުހުންހެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 50 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނެއްގެ ފޯން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ. އެހެންމަވެސް އެދެމީހުންގެ ތެރެއިން އެކަކީ އެރަށުގެ ވަރަށް ޒިންމާދާރު މަޤާމެއްގައި ހުރި މީހެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފުލުހުން މިހާރު ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.