އިސްލާހުކުރީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މިއަހަރު އެޕްރީލް 6 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިޚާގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ  ރަޖިސްޓަރީއަށް ހުށަހެޅި ޝަކުވާތައް ބަލައި އެކަން އިސްލާޙޫ ކުރެއްވުމަށްފަހު އަލުން ޝަކުވާ ހުށަހަޅަން ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިސްލާޙަށްފަހު ހާމަކުރި ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފައިވަނީ ފެބުރުވަރީ 15 އިން 26 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އެކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ އެ މުއްދަތުގައި އެ ލިސްޓަށް އައު ޝަކުވާ ހަށަނޭޅޭނެ ކަމަށެވެ. މިފަހަރުވެސް ޝަކުވާހުށަހެޅޭނީ ކުރިން ހުށަހެޅި ޝަކުވާތަކުގެ މައްޗަށް ބިނާކޮށެވެ.

ދެންވެސް ހުށަހެޅޭނީ ކުރީގެ ޝަކުވާދިވެހިސަރުކާރުގެ ގެޒެޓްގައި، 29 ޖަނަވަރީ 2019 ވީ އަންގާރަ ދުވަހު ޝާއިޢުކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް  ގެޒެޓްކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގެ ވެބްސައިޓާއި، އިލެކްޝަން ކޮމިޝަންގެ ވެބްސައިޓާއި، މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައިނަމަ، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިންނެވެ. ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އިލެކްޝަނުނުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.