އެމްޑީޕީން 86 ދާއިރާއަށް ކުރިމަތިލާން ފޯމު ހުށަހަޅައިފި

އެޕްރީލްމަހު 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް 86 ދާއިރާއަކަށް ކުރިމަތިލާން ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.

ފޯމުތައް ހުށަހަޅަން އެމްޑީޕީގެ ކެންޑިޑޭޓުން ކޮމިޝަނަށް ވަޑައިގެންނެވީ ހަމަޖެހިފައިވާ އުސޫލުގެ މަތިން ހިންގަވާފައެވެ. ހުރިހާ ބޭފުޅުން ވެސް ވަޑައިގެންނެވީ އެކީގައެވެ. ކެންޑިޑޭޓުންގެ ފޯމްތަކާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެ ވަޑައިގެންނެވީ އެކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްޠަފާއެވެ.

އެމްޑީޕީން ވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއް ޢަދާލަތު ޕާޓީއަށް ދޫކޮށްލުމުގެ މަޝްވަރާތައް ވެސް ފަށައިފައެވެ. އެހެންނަމަވެސް އެކަން އަދިވެސް ކޮޅެއްގައި ނުޖެހެއެވެ. އެމްޑީޕީއާއި ޖޭޕީ އެކަމުގެ މަސައްކަތް ފެށިއިރު އެމްޑީޕީން ވަނީ ޕާޓީގެ ކެންޑިޑޭޓުންނަށް ދީފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ބައެއް ޕާޓީތަކުން ބުނެފައިވަނީ ކުރިން އެއްބަސްވެފައިވަނީ މަޖިލީސް އިންތިޚާބުގައި ވެސް ގުޅިގެން މަސައްކަތް ކުރުމަށެވެ. އެހެންނަމަވެސް އެފަދަ އެއްބަސްވުމެއްނެތް ކަމަށް ބުނެ އެމްޑީޕީން ވަނީ ވަކިން ވާދަކުރަން ނިންމައިފައެވެ. އެއަށްފަހު ޖޭޕީއާއި ރައީސް މައުމޫން ވެސް ވަނީ އެގޮތަށް މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ލައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.