އެކްސިޑެންޓްވި ޒުވާނާ އޭޑީކޭއަށް ބަދަލުކޮށްފި

ސިނަމާލޭ ބްރިޖް ހައިވޭގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ޢުމުރުން 21 އަހަރުގެ އެޒުވާނާ އޭޑީކޭއަށް ބަދަލުކުރީ ސީޓީ ސްކޭނެއް ހެދުމަށް ކަމަށް އޭނާއަށް ކުރިން ފަރުވާދެމުން އައި ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިއެވެ.

ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އެޒުވާނާ ވަނީ އެކްސިޑެންޓްގައި ބޮޑެތި އަނިޔާ ވެފައެވެ. އެގޮތުން އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު 2:15 އެހައިކަންހާއިރު އެވެ. އެކްސިޑެންޓުވީ އެއާޕޯޓުން އައިސް ހައިވޭ އަށް އެރުމަށްޓަކައި ބާރު ސްޕީޑްގައި ދުއްވުމުން ކޮންޓްރޯލް މުވެގޮސް ތޮށިގަނޑުގައި ޖެހިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.