މިހާރު ކުރިމަތިވެފައި މިވަނީ ދަތި ދުވަސްތަކެއް – ރައީސް މައުމޫން

12274329_899631156817760_2339375500506984800_n

މިހަރު ތަހައްމަލުކުރައްވަމުން ގެންދަވަނީ ވަރަށް ދަތި ދުވަސްތަކެއްކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި ވެރިކްންކުރާ މައިޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑްވިސް (ޕީޕީއެމް)ގެ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އެޓްވިޓުގައިވަނީ މިދަތި ދަނޑިވަޅު އެމަނިކުފާނަށް އިތްވަރުދެއްވައި ހެޔޮއެދޭ ފަރާތްތަކުން ފޮނުވަމުންދާ މެސެޖުތަކަށްތަކައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ. ރައީސް މައުމޫނުގެ ޓްވީޓުގައި ވިދާޅުވެފައިވާ ދަތު ދުވަސްތަކަކީ، މިވަގުތު ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތައް ކަމަށް ބެލެވެއެވެ.

ރައީސް ޔާމީނަށް ތާޢީދުކުރައްވާ، އެމަނިކުފާނަށް ވަފާތެރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުގެ އެކިއެކި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ޕީޕީއެމްގެ ތެރޭގައި ރައީސް މައުމޫނުގެ ވިސްނުމާއި އަދި އެމަނިކުފާނުގެ މަޝްވަރާއާ ދެކޮޅަށް ބައެއް ކަންކަން ކުރައްވަމުންނެވެ.

މިކަންކަމާހެދި ޕާޓީގެ ޢާއްމު މެމްބަރުންގެ ޝަކުވާ ވަނީ ރައީސް މައުމޫނާހިސާބަށް ގޮސްފައެވެ. ނަތީޖާއެއްގެގޮތުން އެމަނިކުފާނުވަނީ ޕީޕީއެމްގެ އިސްލާޙީ ޕްރޮގްރާމެއް ފައްޓަވާފައެވެ. އެޕްރޮގްރާމުގެ މަސައްކަތް ހިނގަމުންދަނިކޮށް އިއްޔެ ރައީސް ޔާމީނުވެސް ވަނީ ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތައް މަޝްވަރާކޮށްގެން ޙައްލުކުރުން ނޫން ގޮތެއް ނެތްކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.