މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަމާބެހޭ މަޢުލޫމާތު ވަޒީރުންނަށް އަރުވައިފި

މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަމާބެހޭ މަޢުލޫމާތު ވަޒީރުންނަށް މިއަދު ދެއްވައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އިސްނަންގަވައިގެން ކުރިއަށް ގެންދެވި ޙަރަކާތެކެވެ. މި ޙަރަކާތުގައި މިންތީގެ ހަމަހަމަކަމާއި ގުޅުންހުރި މަފްހޫމްތަކާއި، މިކަމަށް އޮންނަ ޤާނޫނީ އޮނިގަނޑާއި، ބައިނަލްއަޤްވާމީ މުއާހަދާތައް އަދި އެއްބަސްވުންތަކާއި، މިންތީގެ ނަޒަރުން ވިސްނުމުގެ މުހިންމުކަމާބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ. އަދި މިންތީގެ ނަޒަރިއްޔާތުން ނުވިސްނުމުން ނިކުންނަ ނަތީޖާއާއި ބެހޭ މަޢުލޫމާތު ވަނީ ދެއްވައިފައެވެ.

މިޙަރަކާތް ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިޙަރަކާތުގައި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.