ފިޔުލް ސަޕްލައި ގެ ފައިސާ ފޭރުނު މައްސަލާގައި މީހަކު ބަންދު ކޮށްފި

ހުޅުމާލޭގައި ހިންގާ ފިޔުލް ސަޕްލައި މޯލްޑިވްސްގެ ފައިސާތަކެއް އިސްލާމިކް ބޭންކަށް ޖަމާކުރަން ދަނިކޮށް ފޭރިގަތް މައްސަލާގައި މީހަކު ބަންދުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދުގައި އިއްޔެ ހިނގި މި ހާދިސާގެ ތުހުމަތުގައި ބަންދުކޮށްފައިވަނީ ޢުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާ ބަންދު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުން ވަނީ އޭނާ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

ފިޔުލް ސަޕްލައި ގެ ފައިސާތައް ބޭންކަށް ޖަމާކުރުމަށް ހިފައިގެންދިޔަ މީހާގެ އަތުން ފައިސާތައް ފޭރިގެންފައިވަނީ ދެ މީހަކު އައިސް އޭނާގެ މޫނަށް މޫވް ސްޕްރޭ ޖެހުމަށްފަހުގައެވެ.

ބޭންކަށް ޖަމާ ކުރުމަށް ގެންދިޔަ ފައިސާގެ ޢަދަދެއް އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.