ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު: ރައީސް

މިސަރުކާރުގެ ވަޢުދުތައް ފުއްދެވުމަށް ރައްޔިތުންގެ މަޖލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުން ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ހިންނަވަރު ދާއިރާގެ ފޮށްޓަށް ވޯޓު ލެއްވުމަށްފަހު ރާއްޖެ ޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކަމަށް ރާއްޖެ އެމްވީން ބުނެފައިވެއެވެ. ސަރުކާރުގެ ވަޢުދުތައް ފުއްދެވުމަށް އެންމެ މުހިންމު އެއްޗަކީ މަޖިލީހުގެ މެޖޯރިޓީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''އަޅުގަނޑު ބޭނުންވާ ކަމަކީ ސަރުކާރަށް ތާއިދު އޮތުން. އަޅުގަނޑުމެންގެ ވަޢުދުތައް ފުރިހަމަ ކުރުމަށްޓަކައި އެއްބާރުލާ، މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް،" ރައީސް ވިދާޅުވި ކަމަށް ރާއްޖެއެމްވީން ރިޕޯޓު ކޮށްފައިވެއެވެ.

ސަރުކާރު ހިންގަނީ ކޯލިޝަނަކުންނެވެ. އެހެން ކަމުން ޕްރައިމަރީއަށް ފަހު އެންމެ މުހިއްމު ކަމަކަށް އޮންނާނީ، މަޖިލިސް އިންތިޚާބާ ބެހޭ ގޮތުން ކޯލިޝަންގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުން ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މަޖިލިސް އިންތިޚާބު ބާއްވަނީ އެޕްރީލްމަސް ތެރޭގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިހެން ވިދާޅުވިޔަސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ ވަޢުދުތައް ފުއްދެވުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވަމުން ގެންދަވާތީ ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ޤާސިމް އިބްރާހީމް ވަނީ ހިތްޕުޅު ހަމަޖެހި ވަޑައި ނުގެން ވާހަކަފުޅު ދައްކަވައިފައެވެ.

ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ، ކުރީގެ ރައީސް މައުމޫން، ޢަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.