ދެކުނުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ: މެޓު

ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ އޮފީސް (މެޓް ސާވިސް) އިން އިބް ވިދާޅުވެއްޖެއެވެ.

މެޓުން ވިދާޅުވެފައިވަނީ ދެކުނުގެ އިތުރަށް މެދުތެރޭގެ ބައެއްރަށްތަކަށް ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަމަވެސް އުތުރު އަތޮޅުތަކަށް ވަރޭވެހުމުގެ ފުރުސަތު ކުޑަ ކަމަށް ވިދާޅުވެފައިވެއެވެ.

އުތުރާއި މެދުތެރޭ އަތޮޅުތަކަށް، އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ދެކުނުއަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވެފައިވެއެވެ.

އުތުރާއާއި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެއެވެ. ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ދެކުނު އަތޮޅުތަކަށް ބޯކޮށްވާރޭވެހި އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަކީ އެދެވިގެންވާކަމެއް ކަމަށްވެސް މެޓުން ވިދާޅުވެފައިވެއެވެ.

މެޓުން މިހާރުވަނީ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.