ޢިމާރާތަކުން ވެއްޓުނު ބިދޭސީއަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ޢިމާރާތަކުން ވެއްޓުނު ބިދޭސީއަކަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗަށް ބަދަލުކޮށްފިއެވެ. ފަރުވާ ދެމުން ގެންދަނީ ޢުމުރުން 27 އަހަރުގެ ފިރިހެނަކަށެވެ.

ވެއްޓިފައިވަނީ ބަންގާޅު މީހެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވެއްޓިފައވަނީ ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ ތަނެއްގެ މަތިންނެވެ. އެހެންނަމަވެސް އެތަނާ ބެހޭ މަޢުލޫމާތެއް ނުލިބެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ދެއަތް ވެސް ބިނދިފައި ކަމަށެވެ. އަދި އަތްތިލައިގެ ކަށިކޮޅެއް ބިނދި ބޭރަށް ނުކުމެފައިވާ ކަމަށްވެސް  ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު އެމީހާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އެ ހޮސްޕިޓަލަށް ބަދަލުކުރީ ބޮލަށް ވެސް އަނިޔާއެއް ވެފައި ހުރެދާނެތީ އިތުރަށް ބެލުމަށް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން "ޓްރާންސްފަރ" ކުރި ބިދޭސީއަކަށް އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އެތަނުން ނުދެއްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.