ގަސްކާނާ ހިފައިގެން ދަތުރުކުރި ދޯންޏެއް ބަންޑުންޖަހާލައިފި

ބަންޑުން ޖަހާލައިފައިވާ ދޯންޏެއް ނެގުމުގެ މަސައްކަތް ކުރަނީ

މަލޭއިން ގަސްކާނާ ހިފައިގެން ކ. ކާށިދުއަށް ދަތުރު ކުރި  85 ފޫޓުގެ ދޯންޏެއް 5 މީހުންނާ އެކު ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހައިލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގެޓާނޯ 2 ނަމަކަށްކިޔާ ދޯނި ބަންޑުންޖަހައިފައިވަނީ ގާފަރު ކައިރިއަށް ކަމަށެވެ. އެއިން ދަތުރުކުރި 5 މީހުން މިހާރުތުބީ ކައިރީގައޮތް ފަރެއްގެ މަތީގައި ކަމަށެވެ. އެއީ 4 ބިދޭސީންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ގާފަރު ކައުންސިލުން މިހާރު ގެންދަނީ އެމީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިޙާދިސާގެ މަޢުލޫމާތު ސިފައިންނަށް ލިބިފައިވަނީ މިއަދު 2:33 ގައެވެ.

ފަރުމަތީގައި ތިބި މީހުންނަށް އެހީވުމަށް ގާފަރުން އައި ލޯންޗުވަނީ އެމީހުން އެރަށަށް ގެންގޮސްފައެވެ. އަދި އެމީހުން މިހާރުވަނީ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.