ރައީސުލްޖުމްހޫރިއްޔާ "ހަފުތާ ރެސް" ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް "ހަފްތާ ރެސް" ބައްލަވައިލައްވަނީ: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް "ހަފްތާ ރެސް" އަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިއީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކޮންމެ ހަފްތާއެއް ނިންމުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތެކެވެ.

ސޯޝަލް ސެންޓަރު ސަރަހައްދުގައި ބާއްވާ ހަފުތާ ރެސް ހަރަކާތަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އިންތިޒާމްކުރައްވައިގެން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި، އަންހެނުންނާއި، އަދި ޙާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ވީކްއެންޑް މާކެޓްގެ އިތުރުން ހަފުތާ ރެސް ގެ މި ހަރަކާތުގައި، މިއުޒިކް އަދި ޓެލެންޓް ޝޯއާއި، ކުޑަކުދިންނަށް ޙާއްޞަކޮށްގެން ބާއްވާ ކުޅިވަރުތައްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ސްޕޯޓްސް މިނިސްޓަރ އަޙުމަދު މަހުލޫފު ވިދާޅުވެފައިވަނީ މި ޙަރަކާތް ކުރިއަށް ގެންދަނީ ހުދޫދެއްގެ ތެރޭގައި މުޅި މުޖުތަމަޢުގެ ހަމަޖެހުމަށް ބައްލަވައިގެން ކަމަށެވެ. ކަމަށެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ މި ޙަރަކާތުގެ ބޭނުމަކީ ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތު ހޯއްދަވައި ދެއްވުން ކަމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.