ސަރުކާރު މަތިބަރުވުމުން ހުރިހާ ގެއްލުމެއް ސިވިލްސާވަންޓުންނަށް: ޢުމަރު

ސަރުކާރުގެ ސިޔާސީ މަޤާމްތައް އިތުރުވުމުން އެކަމުގެ ހުރިހާގެއްލުމެއްވާނީ ސިވިލްސާވިސް މުވައްޒަފުންނަށް ކަމަށް ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވިޔަސް ސިޔާސީ މަޤާމްތައް މަދުކޮށް އެޕާޓީއަކަށް ދޭންޖެހޭ ޕަސެންޓޭޖު ދިނުމުން އެފަދަ މަޤާމްތައް އެއްބަސްވެފައިވާ ގޮތަށް ޙިއްސާ ކުރެވޭނެ ކަމަށެވެ. އެހެންކަމުން ކޯލިޝަން ޕާޓުނަރުންނަށް ވަޒީފާދިނުމަށް ސިޔާސީ މަޤާމް އިތުރުކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢުމަރު މިހެން ވިދާޅުވީ ހައުސިން މިނިސްޓްރީން 40 މުވައްޒަފުން ވަކިކުރަން ނިންމައިފައިވާ ކަމުގެ ވާހަކަ މީޑިއާގައި ތިލަވުމުންނެވެ. އޭނާ ވިދާޅުވީ 40 މުވައްޒަފުން ވަކިކުރާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. "މިއީ ސަރުކާރު މަތިބަރުވުމުގެ ނަތީޖާ. ސްޓޭޓު މިނިސްޓަރުންނާއި، ޑެޕިޔުޓީ މިނިސްޓަރުން އިތުރުވެ މަތިބަރުވިވަރަކަށް ވަޒީފައިންވަކިކުރާ ސިވިލްސާވަންޓުން އިތުރުވަމުންދާނެ،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ ކަންކަން ޙައްލުކޮށް ހަމައަކަށް އެޅުވޭނެ ޤާބިލިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހުންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.