ޕާޓީ އުފައްދަން ބޭނުންވާ އަދަދު ހަމަވެ އިތުރުވެއްޖެ: ޕީއެންސީ

ފޯޓޯ: އީސީ

ޕާޓީ އުފައްދަން ބޭނުންވަ އަދަދު ހަމަވެ އިތުރަށް ވެސް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ އަށް މެންބަރުން ސޮއެކޮށްފިއެވެ. ޕީއެންސީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޕީއެންސީ އިން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ "އިލެކްޝަންސް އިން ހުއްދަދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮންގްރެސް ޕާޓީއަށް 3000 މެންބަރުން ހަމަވެ އިތުރުވެއްޖެ" ކަމަށެވެ.

އަދި ހަފްތާ ބަންދަށްފަހު ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް އަށް ހުށަހަޅާނެ ކަމަށްވެސް އެޕާޓީ އިން ވަނީ ބުނެފައެވެ. ޕީއެންސީ އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޕާޓީ އެވެ. ޕާޓީ އުފެއްދުމުގެ ހުއްދައަަށް އެދިވަޑައިގަތީ ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުލްރަޙީމް ޢަބްދުﷲ އެވެ.

ޕީޕީއެމް ކައުންސިލް މެންބަރުންވެސް ވަނީ ޕީއެންސީ އަށް ސޮއެކުރައްވާފައި ކަމަށް ޕާޓީ އިން ހާމަކުރެއެވެ. 

ޕީޕީއެމް އިން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ކުރީގެ ރައީސް ޔާމިން ވިދާޅުވިގޮތުގައި އާ ޕާޓީ އެއް އުފައްދަވަނީ ޕީޕީއެމްގެ މައްސަލަ ކޯޓުގައި އޮތުމުން މަޖިލީހުގައި ވާދަކުރުމަށް ހުރަހެއް މެދުވެރިވެދާނެތީ ކަމަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.