12 މެންބަރުންނަށް ޓިކެޓް އެރުވުމަށް ވެ ވަޑައިގެންނެވި ވަޢުދު ދަމަހައްޓަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

12 މެންބަރުންނަށް މަޖިލީހުގައި ވާދަކުރެއްވުމަށް ޓިކެޓް އެރުވުމަށް ވެ ވަޑައިގެންނެވި ވަޢުދު ދަމަހައްޓަވާނެ ކަމަށް އިއްތިހާދުގެ އެއް ލީޑަރ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވީ "ޕްރައިމަރީ އަކާ ނުލައި 12 މެންބަރުންނަށް 2019ވަނަ އަހަރުގެ މަޖިލިސް އިންޠިޚާބަށް ކުރިމަތި ލެއްވުމުގެ ފުރުޞަތު އެރުވުމަށް ކުރިން ވަޢުދުވި ގޮތުގެ މަތީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމިހުންނާނެ" ކަމަށެވެ.

އަދި އެ 12 މެންބަރުންނަށް ޓިކެޓް އެރުވުމަށޤ ނިންމަވާފައިވަނީ ކުރީ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވުމަކަށް ގެނަައުމަށާއި، އިޞްލާޙަށް މަސައްކަތް ކުރާނެ ކޯލިޝަން ސަރުކާރެއް ޤާއިމު ކުރެއްވުމަށްޓަކައި ކުރެއްވި ބުރަ މަސައްކަތާއި ވެވަޑައިގެންނެވި ޤުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

12 މެންބަރުންނަށް ޕްރައިމަރީ އަކާ ނުލައި ޓިކެޓް ކަށަވަރު ކޮށްދެއްވާނެ ކަމަށް ކުރީން ބައެއް ލީޑަރުން ވިދާޅުވެފައިވީ ނަމަވެސް ކުރިއަށް އޮތް އިންޠިޚާބުގައި އެމްޑީޕީ އިން ވަނީ 86 ދާއިރާއަށް ވާދަކުރެއެވެ. އަދި ޖޭޕީ އިން ވެސް ހުރިހާ ދާއިރާ އަކަށް ކުރިމަތިލާނެ ކަމަުގެ އަޑު ފެތުރުނު ނަަމަވެސް ކުރިމަތިލާ ދާާއިރާތައް ހާމަކޮށްފައެއް ނުވެއެވެ. ރައީސް މައުމޫން އިއްތިހާދު ތަމްސީލު ކުރަނީ އެމްއާރްއެމްގެ ނަމުގައެވެ. އެމްއާރްއެމް އިން ވެސް މިހަރުވަނީ މަޖިލީހުގަިއ ވާދަކުރަން ކުރަން ޝައުޤުވެރިވާ ފަރާތްތަކާ އިންޓަރވިއު ކުރަން ފަށާފައެވެ. އަދާލަތުން ބުނެފައިވަނީ ކޯލިޝަން ދަމަހައްޓަން ވެފައިވާ އެއްބަސްވުންތައް ދަމަހައްޓާނެ ކަމަށެވެ.

ކޯލިޝަން ސަރުކާރުގެ ފަރާތުން ރިޔާސީ އިންޠިޚާބުގައި ވާދަކޮށް އިންޠިޚާބު ކާމިޔާޞު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓެވެ. ކޯލިޝަންގެ އެއް ލީޑަރު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ސަރުކާރުގެ ވަޢުދުތައް ފުއްދޭނީ އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް ވިދާޅުވަމުންނެވެ. މަޖިލީހުގެ ދާއިރާތަކާ މެދު ހަތަރު ލީޑަރުންވަނީ މަޝްވަރާ ވެސް ކުރައްވާފައެވެ. ނަމަވެސް އެއްބަސްވުމަކާ ހަމައަށް ދެވޭގޮތެއް ނުވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.