މަޖިލިސް އިންތިޚާބަށް ރަށްވެހިކަން ބަދަލުކުރާތީ ވަކިދުވަހަކުން ފެށިގެން ބަދަލުނުވެވޭގޮތް ހަދަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް ގާތް މީހުންނާއި ރައްޓެހިންނަށް ވޯޓު ދިނުމަށްޓަކައި ގިނަބަޔަކު މިދުވަސްކޮޅު ރަށްވެހިކަން ބަދަލު ކުރަމުން އަންނާތީ ރަށްވެހިކަން ބަދަލު ކުރެވޭނެ އެންމެ ފަހު ތާރީޚެއް ކަނޑައަޅަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި މިމައްސަލައި އެކޮމިޝަނުން މިހާރު ވާނީ އައިޑީކާޑު ސެންޓަރާއި މާލެ ސިޓީ ކައުންސިލާވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. ހަބީބު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބުގައި ވަކި ބޭފުޅަކަށް ވޯޓު ދިނުމަށްޓަކައި ރަށްވެހިކަން ބަދަލު ކުރަމުން އަންނައިރު މާލެ ސިޓީ ކައުންސިލްގައި އޮންނަ މާލޭ ދަފްތަރުގައި ތިބި ބަޔެއް މީހުން ރަށްރަށް ބަދަލުވުމާއި މާލޭގެ އެކި އަވަހަށްތަކުގައި ދިރިއުޅެމުން އަންނަ މާލޭ މީހުން އެހެން އަވަށްތަކުގެ ގެތަކަށް ރަޖިސްޓްރީ ބަދަލު ކުރަމުން އަންނަކަންވެސް ވަނީ ފާހަގަ ވެފައެވެ.

ވޯޓުލާ މީހުންގެ ރަށްވެހިކަން ބަދަލު ކުރެވޭނެ އެންމެ ފަހު ތާރީޚެއް ކަނޑަނާޅައިފިނަމަ އިލެކްޝަން ކޮމިޝަނުން ޥޯޓާލިސްޓް އެކުލަވާލާފަހުންވެސް ބަޔެއް މީހުން ރަށްވެހިކަން ބަދަލުކޮށްފިނަމަ ވޯޓު ލުމުގެ ފުރުޞަތު ގެއްލުންވެސް އެކަށީގެންވާއިރު ރަށްވެހިކަން ބަދަލު ކުރުމުގެ އެންމެ ފަހު ތާރީޚު ކޮމިޝަނުން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.