ޕީއެންސީ އުފެއްދުމުގެ ހުއްދައަށް އަނެއްކާވެސް އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދާ އައު ސިޔާސީ ޕާޓީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ ފުރަތަމަ ފަހަރު ހުށަހެޅުމުން އިލެކްޝަން ކޮމިޝަނުން ނުދިނުމުން އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ދެވަނަ ފަހަރު ހުށަހަޅައިފިއެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދައަށް މިފަހަރުވެސް އެދި ހުށަހެޅީ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ އެވެ. ޕީއެންސީ އުފައްދަން ހުއްދައަށް އެދި އަބްދުއްރަޙީމް ފުރަތަމަ އެދުމުން އެ ހުއްދަ ކޮމިޝަނުން ނުދެއްވީ އޭނާއަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށްވާތީއެވެ. އެހެންވެ އަބްދުއްރަޙީމް ވަނީ ފަހުން ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އަލުން ހުއްދައަށް އެދި ހުށަހެޅުއްވީ އެއްވެސް ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައެއްނޫނެވެ.

ކުރީގެ ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުން އަދިވެސް ވަކިގޮތަކަށް ނިމިފައިނުވާތީއެވެ. އެހެންކަމުން ކޯޓުން ނިމޭއިރު ޕީޕީއެމްގެ ބާރު އެޕާޓީގެ ކުރީގެ ރައީސް މައުމޫނަށްވެސް ލިބިވަޑައިގެންފާނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.