މަގުތައް ކޮނުމުގެ ކުރިން ހުއްދަނަގާ ގޮތަށް ސިޓީ ކައުންސިލުން ހަމަޖައްސަނީ

ރައްޔިތުންނަށް ބޭނުންވާ އެކި ޚިދުމަތް ދިނުމަށް މަގުތައް ކޮނުމާއު ޕޭވްމަންޓް ގައު ނެގުމުގެ ކުރިން ސިޓީކައުންސިލްގެ ހުއްދަ ނަގަންޖެހޭ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން ނިންމަވައިފިއެވެ.

ސިޓީ ކައުންސިލުން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެގޮތަށް ހަމަޖައްސާނީ އަންނަ ހަފްތާއިން ފެށިގެން ކަމަށެވެ.

"އެކިއެކީ ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތްދިނުމުގެ ބޭނުމުގައި ޕޭވްމަންޓް ގައު ނެގުމާއި މަގުތައް ކޮނުމުގައި ފަރުވާކުޑަކޮށް މަސައްކަތްކުރާކަން ފާހަގަވާތީ އެފަދަ މަސައްކަތްކުރުމުގައި އަންނަ ހަފްތާއިން ފެށިގެން ކައުންސިލްގެ ހުއްދަ ހޯދާ ގޮތަށް" ހަމަޖައްސައި މިހާރުވަނީ އެކަމުގެ މަޝްވަރާތައް ފަށައިފައެވެ.

އައުސަރުކާރުން ސިޓީ ކައުންސިލްތަކަށް ބާރު ދެއްވިއިރު މަގުތައް ބެލެހެއްޓުންވަނީ ކައުންސިލްތަކާ ޙަވާލު ކުރައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.