ފެނަ އެމްޑީއަކަށް އަޙުމަދު ސަޢީދު ހަމަޖައްސަވައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރަކަށް ގދ. ވާދޫ، މައިފޫނާ، އަޙުމަދު ސަޢީދު ހަމަޖައްސަވައިފިއެވެ.

އޭނާގެ އިތުރަށް އިސްލާމީމަރުކަޒުގެ އިމާމަކަށް ވެސް ބޭފުޅަކުވަނީ ހަމަޖައްސަވައިފައެވެ. އެމަޤާމަށް ހަމަޖައްސަވައިފައިވަނޯ ހދ. ކުޅުދުއްފުށީ، ޝަބުނަމީގޭ، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނެވެ. އޭނާ އެމަޤާމަށް ހަމަޖައްސަވައިފައިވަނީ ޑެޕިޔުޓީ މިނިސްޓަރުންގެ ފެންވަރުގައެވެ.

އޭގެ އިތުރަށް  ހެލްތު މިނިސްޓްރީގެ ނާއިބަކަށް ވެސް ބޭފުޅަކު ވަނީ އައްޔަން ކުރައްވައިފައެވެ. އެމަޤާމަށް އައްޔަން ކުރައްވައިފައިވަނީ އައްޑޫ ސިޓީ ފޭދޫ ޕިންކްހައުސް، ޝިޔާމާ މުޙައްމަދެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.