މަޅުމަތި: ސުވާލާއި ޖަވާބު

ކަލޭ ދުވަހަކުވެސް ރިޝްވަތުގެ ފައިސާގައި ހިފިން ހެއްޔެވެ؟

އަހަރެން ބުނީމެވެ.
ނުހިފަމެވެ.

ކަލޭ ދުވަހަކުވެސް މީހަކަށް ބޮނޑިއެއް ދިނިން ހެއްޔެވެ؟

އަހަރެން ބުނީމެވެ.
ނުދެމެވެ.

ކަލޭ ދުވަހަކުވެސް ވެރިމީހާއަށް އޮޅުވައިލިން ހެއްޔެވެ؟

އަހަރެން ބުނީމެވެ.
އޮޅުވައެއް ނުލަމެވެ.

ކަލޭ ދުވަހަކުވެސް ދޮގެއް ހެދިން ހެއްޔެވެ؟

އަހަރެން ބުނީމެވެ.
ނުހަދަމެވެ.

ކަލޭ ދުވަހަކުވެސް ތާއީދުކުރާ މީހުންނަށް ކަމެއް އޮޅުވައިލިން ހެއްޔެވެ؟

އަހަރެން ބުނީމެވެ.
އޮޅުވައެއް ނުލަމެވެ.

ކަލޭ ދުވަހަކުވެސް ދީނާއި ގައުމުގެ ނާޖާއިޒު ބޭނުން ކޮށްގެން މަކަރެއް ހެދިން ހެއްޔެވެ؟

އަހަރެން ބުނީމެވެ.
ނުހަދަމެވެ.

އޭނާ ނުރުހިފައި އަހައިލިއެވެ.
އެހެން ވެއްޖެއްޔާ އަހަރެންގެ ޕާޓީގެ ޓިކެޓް ކަލެއަށް ދޭންވީ ކީއް ކުރަން ހެއްޔެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.