ރައީސް އިންޑިއާ އަށް ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އިންޑިއާ އަށް ވަޑައިގެންފިއެވެ. ރައީސް އިންޑިއާ އަށް ވަޑައިގެންނެވީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ، 

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާރސަން އިބްރާހީމް ޙޫދް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނިއު ދިއްލީ އަށް ކުރައްވާ ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ހުްންނަވާނީ އިންޑިއާގެ ރައީސް ގެ މެހެމާނެއްގެ ގޮތުގައި ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންގައި ކަމަށްވެސް ޙޫދް ވިދާޅުވިއެވެ. 

މިއަދު ވެލާނޭ އިންޓަރޭޝަނަލް އެއާޕޯޓުގައި މީޑިއާ އާ ދަތުރުފުޅުގެ މައުލޫމާތު ޙިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ މިދަތުރުފުޅުގައި ވިސާގެ އެއްބަސްވުމާއި، ވިޔަފާރި އިންވެސްޓްމަންޓް ހޯއްދެވުމާއި، ޢުމްރާނީ ތަރައްގީ އަށް އެއްބާރުލުން ހޯއްދެވުމުގެ އިތުރުން  ބަޖެޓަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.