ރައީސުލްޖުމްހޫރިއްޔާ އިންޑިއާ އަށް ފުރައި ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރައިވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ އިނޑީއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯޑީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މއީ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން އެމަނިކުފާނު ރާއްޖެެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފުރައިވަޑައިގެންނެވުމުގެ ކުރީން އެމަނިކުފާނު ވަނީ ދަތުރުފުޅުގެ މަޢުލޫމާތު މީޑިއާ އާއި ޙިއްސާ ކުރައްވާފައެވެ. އެގޮތުން އިންޑިއާ އަކީ ދިވެހިރާއްޖެ އާއި އެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމު ކުރެއްވި އެއް ގައުމު ކަމާއި ރާއްޖޭގެ ތަރައްގީ އަށް އިންޑިއާ އިން ވެދެއްވާ އެހީތަރެިކަން ފާހަގަކޮށް ޝުކުރު އަދާ ކުރެއްވިއެވެ.

މި ދަރުތުފުޅުަގިއ އެމަނިކުފާނު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އަދި ރައީސް ރާމް ނާތް ކޯވިންދް އާއި ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އިސްވެރީންނާއި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދީ އެ ފަރާތަްތަކުގެ ޝައުޤުވެރިކަން ހޯއްދަވާން ދިވެހި ވަފުދުން މަސައްކަތް ކުރުައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުން ފެށިގެން 3 ދުވަހު ގެ މުއްދަތަށް ކުރައްވާ ދަތުރުފުޅުގައި ވިސާގެ އެއްބަސްވުމާއި އަދި ބަޖެޓަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް މަޝްވަރާ ކުރައްވާެނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަންކަމާ ގުޅޭގޮތުން ދެ ގައުމުން އެއްބަސްވުމުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައި. ވިސާގެ ލުއި ފަސޭހަ ބެހޭ ގޮތުން ސޮއެކުރާ އެއްބަސްވުން. އެ އެއްބަސްވުމުގައި ސޮއި ކުރުމުން ޑިޕެންޑެންޓް ވިސާ ހޯދުމާއި ބޭސްފަރުވާ ކުރުމަށް ބޭނުންވާ ވިސާ ހޯދުމަށް ވަރށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ. މީގެ އިތުރުން ވެސް ވިސާގެ އެތައް ލުއިތަކެއް މި ދަތުރުގައި ސޮއެކުރާ އެއްބަސްވުމުން ލިބިގެންދާނެ"، ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ޞިއްޙީ ދާއިރާ އާއި، ސަގާފީ ކަންކަމާއި، ދިފާޢީ ކަންކަން ފަދަ އިންޑިއާ އިން އަބަދުވެސް އެއްބާރުލުން ދަމަހައްޓަމުން އަންނަ ދާއިރާ ތަކުން އިތުރަށް ގުޅުން ބަދަހި ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދަތުރުގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު އެއްކަމަކީ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަަށްޓަކައި އިންޑިއާ ސަރުކާރާ އެކު ވާހަކަ ދެއްކުން އަދި އަޅުަގަނޑުމެންގެ އިންފްރާސްޓްރަކްޗަރ ބިނާ ކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމަށް ވެސް އިންޑިއާގެ ވެރީންނާ އެކު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި"، ރައީސް ވިދާޅުވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި ޢާއިލާ ތަކާއި ބައްދަލުކޮށް އެމީހުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި މާލީ ވަޒިރު އިބްރާހީމް އަމީރް އާއި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލު އަދި އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުޙައްމަދް އަސްލަމް ބައިވެރިވެ ވަޑައިގަންނަވައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.