އާއްމު މަސްލަޙަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލެކްޝަންސްގެ ރައީސް އިލްތިމާސް ކުރައްވައިފި

ސިޔާސީ ޕާޓީ ތަކުން މަގުމަތީގައި ސިޔާސީ ޙަރަކާތްތައް ހިންގާ އިރު އާއްމު މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދް ޝަރީފް އިލްތިމާސް ކުރައްވައިފި އެވެ. އަދި އެފަދަ ކަމަކަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެމަނިކުފަނު ވަނީ ވިދާޅުވެފައެވެ. 

ކުރީގެ ރައީސް ޢަބްދުﷲް ޔާމީން މިއަދު ފުލުހަށް ޙަޒިރު ކުރަން ޗިޓު ފޮނުއްވުމުން ޕިޕީއެމް އިން އިއްޔެ ވަނީ އެމަނިކުފާނު ފުލުހަށް ވަޑައިގައންނަވާނީ ހިންގަވާފަކަމަށް ވިދާޅުވެފައެވެ. އެއާއި ގުޅިގެން އެމަނިކުފާނުގެ ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންގެ ޢަމލުތައް ހަނދާން ކޮށްދިނުމަސް މަގުމައްޗަށް ނިކުތުމަށް އެމްޑީޕީއ ިން ވެސް ގޮވައިލެއްވިއެވެ. 

ދެ ޕާޓީން މަގުމައްޗަށް އެއްވުމާއި ގުޅިގެން ރައީސް ޔާމީން ފުލުހަށް ހާޒިރުވެ ވަޑައިގެންނެވީ އެމްއެންޑީއެފް ގެ ވެހިކަލެއްގައެވެ. ޕީޕީއެމް އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި އެމްޑީޕީގެ ޢަމަލުތައް ކުށްވެރިކޮށްފައިވެއެވެ. އަދި އެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށެެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.