ރައީސް ޢަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރެއްވުން

ރައީސް ޔާމީން ކޮށްފައިވާ ވައްކަން އެމަނިކުފާނަށް ހަނދާން ކޮށްދިނުމަށް އެމްޑީޕީ ހަރުގެ ކުރިމައްޗަށް އެއްވުމަށް އެޕާޓީން އެދުމުން މީހުން އެއްވަމުންދަނީ: ފޮޓޯ އެމްޑީޕީ

2:13 ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ގިނަ ތުހުމަތުތައް ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒީރު ކުރުމަށްވަނީ ހަމަޖެހިފައި. އެމަނިކުފާނު ފުލުހަށް ހާޒިރު ކުރައްވާއިރު އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަވަނީ އެމަނިކުފާނާ އެއްކޮޅަށް އަޑު އުފުލަމުން.

2:13ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ޕީޕީއެމް ސަޕޯޓަރުން މުޒާހަރާ ކުރަނިކޮށް އެމްޑީޕީ ސަޕޯޓަރުން ކަމަށް ބެލެވޭ ބަޔަކު ވަނީ އެސަރަހައްދަށް ގޮސް އަޑު ގަދަ ކުރަން ފަށައިފައި. ފުލުހުން ގެންދަނީ އެމީހުން އެތަނުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުން.

ރައީސް ޔާމީން ކޮށްފައިވާ ވައްކަން އެމަނިކުފާނަށް ހަނދާން ކޮށްދިނުމަށް އެމްޑީޕީ ހަރުގެ ކުރިމައްޗަށް އެއްވުމަށް އެޕާޓީން އެދުމުން މީހުން އެއްވަމުންދަނީ: ފޮޓޯ އެމްޑީޕީ

2:15ރައީސް ޔާމީން މިހާރުވަނީ ފުލުސް އޮފީހަށް ވަޑައިގެންފައި.

2:17 ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރަނީ އެއްވެސް ޙައްޤަކާ ނުލައި ކަމަށް.

2:19 ޕީޕީއެމްގެ ސަޕޯޓަރުން ބުނަމުން ގެންދަނީ އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ޕީޕީއެމްގެ ސަޕޯޓަރުންނަށް ޙަމަލާ ދެމުން ކަމަށް.

2:22 ކުރީގެ ޑެޕިޔުޓީ ހޯމް މިނިސްޓަރ ޞިއްދީޤު: މިހާރު ހިނގަމުންދާ ކަންކަމުގެ އަޑީގައި ރާއްޖެއިން ބޭރުގެ ޤައުމެއްގެ ނުވަތަ ޤައުމުތަކެއްގެ އަތް އޮތުމަކީ އެކަށީގެންވާ ކަމެއް.

2:23 ޞިއްދީޤު: މިހާރު ހިނގަމުންދަނީ ޕީޕީއެމަށް ޖެއްސުން ކުރުމަށް އެމްޑީޕީ ސަޕޯޓަރުން ކުރާކަމެއް.

2:25 އިންޑިއާއާއެކު ހައްދަވަން އުޅުއްވާ "ޑީލް" ހުއްޓަވާލައްވައި އިބްރާހީމް މުޙައްމަދު ޞާލިޙު އިސްތިއުފާ ދެއްވުމަށް ޕީޕީއެމް ސަޕޯޓަރުން ގެންދަނީ ގޮވައިލަމުން.

2:43 ރައީސް ޔާމީން އަރިހު ޕޮލިހަށް ވަޑައިގެންނެވި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މުޒާހަރާގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކޮށްފި.

2:45 ޕީޕީއެމްގެ މެމްބަރު ރެޑުވޭވް ސަލީމް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުންވެސް ގޯސްކަމެއް ކޮށްފައި އޮތް ކަމަށްވާނަމަ އެކަން ބަލަންވީ ކަމަށް. އެހެން ނަމަވެސް އެކަމުގައި ސިޔާސީ ކުލަ އެއްގޮތަކަށް ވެސް ޖެހިގެން ނުވާނެ ކަމަށް. އެހެން ކަމުން ސަރުކާރުން އެކަންކަން ކުރަންވާނީ ހަމަޖެހޭ އުސޫލަކުން ކަމަށް ވިދާޅުވި.

ރައީސް ޔާމީން ކޮށްފައިވާ ވައްކަން އެމަނިކުފާނަށް ހަނދާން ކޮށްދިނުމަށް އެމްޑީޕީ ހަރުގެ ކުރިމައްޗަށް އެއްވުމަށް އެޕާޓީން އެދުމުން މީހުން އެއްވަމުންދަނީ: ފޮޓޯ އެމްޑީޕީ

2:52ޝިފާޤު މުފީދު: އެމްޑީޕީ ވެރިކަމަށް އައިސް އޮތީ 60 އިންސައްތަ ވިއްކާލައިގެން. ރައީސް ޔާމީންގެ މައްސަލަ ބަލައި ތަޙުޤީޤު ކުރައްވަން ސަރުކާރުން އުޅުއްވަނީ ޤާނޫނާ ޚިލާފަށް ހޯމް މިނިސްޓަރު ކަމަށް ވަޑައިގެން ހުންނެވި ބޭފުޅެއްގެ ބެއްލެވުމުގެ ދަށުން.

3:07 ޞިއްދީޤު: އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ސަރުކާރަކީ އެއްވެސް އިރެއްގައި ރާއްޖެއަށް ހެޔޮއެދޭ ސަރުކާރެއްނޫން. އެހެންނަމަވެސް މޯދީގެ ސަރުކާރު ފިޔަވައި އިންޑިއާއަކީ ޒާމާނުއްސުރެ ރާއްޖެއަށް އޯގާތެރި ހިތްހެޔޮ ޤައުމެއް.

3:15 ޞިއްދީޤު: ރައީސް ޔާމީން ޤައުމު ތަރައްޤީ ކުރުމަށް މަސައްކަތް ކުރެއްވީ ހުޅަނގުގެ ޤައުމުތައް ދޫކޮށް މެދުއިރުމަތީގެ ޤައުމުތަކާ ގުޅިގެން. އެކަން އެމްޑީޕީފަދަ ޕާޓީތަކަށް ހަޖަމެއްނުވި.

3:32 ރައީސް ޔާމީން ފުލުސް އޮފީހުން ނުކުމެ ވަޑައިގެންފި.

3:36 ރައީސް ޔާމީން: އެހެން ކެންޑިޑޭޓަކުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއިރު ހަމައެކަނި އެމަނިކުފާނުގެ އެކައުންޓުގައިހުރި ފައިސާގެ ވާހަކަ ދައްކަވާތީ ވަރަށް އުނދަގޫވޭ.

3:38 ޢާޒިމާ ޝަކޫރު: ރައީސް އޮފީހަށް ވަދެފައިވާ ފައިސާ ޖިނާޢީ އެއްވެސް މައްސަލައެއްވާ ސަބަބެއް ފުލުހުން މިއަދަކު ވިދާޅެއް ނުވޭ.

3:39 އަޅުގަނޑާމެދު ތުހުމަތު ކުރެވޭ ކަމެއްއޮތް ކަމަށްވާނަމަ އެކަމަށް އެއްބާރުލުން ދެއްވަން މިހުރީ ތައްޔާރަށް.

3:40 ރައީސް ޔާމީން: ކެމްޕޭންތެރޭގައި އަޅުގަނޑުގެ އެކައުންޓުގައި ހުންނާނީ ވިއްސަކަށް މިލިއަން ރުފިޔާ.

3:41 ދައުލަތުގެ ފައިސާއެއް އަޅުގަނޑަށް ބޭނުން ނުކުރެވޭނެ. އެއީ ވާނެ ކަމެއްނޫން. އެކަން ކުރެވޭނީ ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.