ރައީސް މައުމޫނަށް ނަން، މެމްބަރުން ރައީސް ޔާމީނަށް: އަދުރޭ

ރައީސް އިބްރާހީމް މުޙައްމަދު ޞާލީހުގެ "ރިޔާސީ ވަޢުދެއް" ގެ ދަށުން ޕީޕީއެމްެ ކުރީގެ ރައީސް ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ޕީޕީއެމް ޙަވާލުކުރަން ސްޕްރީމް ކޯޓުން ނިންމެވިޔަސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ޕީޕީއެމްގެ ނަން ކަމަށް އެޕާޓީގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ ކޯޓުން އެގޮތަށް ނިންމެވިޔަސް ޕީޕީއެމްގެ ފިކުރާއި މެމްބަރުން އަންނާނީ ރައީސް ޔާމީނާއެކު ކަމަށެވެ. ރާއްޖޭގައި އޮތް އެންމެ ހަރުދަނާ ޕާޓީއަކީ ވެސް ޕީޕީއެމާއި އެޕާޓީގެ ފިކުރުކަމަށް އޭނާ ވިދާޅުވިއެވެ.

"ރިޔާސީ ވަޢުދެއްގެ ދަށުން ސްޕްރީމް ކޯޓުން ރައީސް މައުމޫނަށް ޕީޕީއެމް ދެއްވަން ޙުކުމް ކުރައްވައިފިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއްނެތް. އޭރުވެސް ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާނީ ޕީޕީއެމްގެ ނަން. މެމްބަރުން ތިބޭނީ ރައީސް ޔާމީނާއެކު،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ މުސްތަޤުބަލް ރަނގަޅު ޕާޓީއަކީ ވެސް ޕީޕއެމް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.