ނޫސްވެރި ކަމުގެ ޝަރަފުގެ އަލިމަސް ގަލަން ރައީސް މައުމޫނާއި އިތުރު ބޭފުޅުންނަށް ދެއްވައިފި

ނޫސްވެރި ކަމުގެ ޝަރަފުގެ އަލިމަސް ގަލަން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމާއި އިތުރު ބޭފުޅުންނަށް މިރޭ ދެއްވައިފިއެވެ.

އެމަނިކުފާނުގެ އިތުރަށް ހަވީރު ނޫހޫގެ ކުރީގެ ޗެއާމަން ޑރ. މުޙައްމަދު ޒާހިރު ޙުސައިނާއި، އާފަތިހުގެ ކުރީގެ މުޢައްސިސް ޢައްބާސް އިބްރާހީމާއި، ކުރީގެ މަޝްހޫރު ނޫސްވެރިޔާ އަޙުމަދު ޒާހިރު (ސީނާ) އާއި، އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއި، ދިވެހިބަހުގެ އުސްތާޒު ޢަބްދުﷲ ޞާދިޤާއި، ކޮޕީ މުޙައްމަދު ރަޝީދާއި، ޢަބްދުﷲ ފާރޫޤު ޙަސަން ހިމެނިވަޑައިގަންނަވައެވެ.

މިބޭފުޅުންނަށް އިނާމް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.