ޗީފް އޮފް ޑިފެންސްގެ މަޤާމުން ޝިޔާމް ވަކިކުރައްވައި ޝަމާލް އައްޔަން ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ޗީފްއޮފް ޑިފެންސްގެ މަޤާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް ވަކިކުރައްވައި އެމަޤާމަށް ޢަބްދުﷲ ޝަމާލް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އައްޔަން ކުރައްވައިފިއެވެ.

އޭގެ އިތުރަށް ވައިސް ޗީފްއޮފް ޑިފެންސްގެ މަޤާމުން ބްރިގޭޑިއާ ޖެނެރަލް އަޙުމަދު ޝާހިދު ވެސް ވަނީ ވަކި ކުރައްވައިފައެވެ. އޭނާ ވަކުކުރެއްވުމަށްފަހު އެމަޤާމަށް އައްޔަން ކުރައްވައިފައިވަނީ ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމެވެ.

ޝަމާލަކީ ކުރިން ސިފައިންގެއިން ކަނޑާލައިފައި ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް އެމައްސަލަ ހައިކޯޓަށް ވައްދައިގެން އެކޯޓުން މިއަދު ވަނީ 15 ދުވަސްތެރޭ ޝަމާލަށް އަލުން ވަޒީފާ ދިނުމަށް ޙުކުމް ކުރައްވައިފައެވެ. އަދި 2013 ވަނަ އަހަރު އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ލިބުމާ އެދެމެދުގައި ހިނގައިދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް 30 ދުވަސް ތެރޭގައި ދިނުމަށް ވެސް ވަނީ ޙުކުމް ކުރައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.