ޕާކް ކޮށްފައި އޮތް ވޭނެއްގައި ރޯވެއްޖެ

ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ސަރަހައްދު (އޭޑީކޭ ޖެނެރަލް ޓްރޭޑިންގ) ކައިރި ޕާކް ކޮށްފައި އޮތް ވޭނެއްގައި ރޭފަތިހު ރޯވެ އެކިވަރުގެ ގެއްލުން ވެއްޖެއެވެ.

މި ޙާދިޞާގެ ރިޕޯރޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ފަތިހު 5:18 އެހައިކަންހާއިރު ލިބުމުން ފަޔަރ ފައިޓިންގ ޓީމެއް ވަނީ އެސަރަޙައްދަށް ގޮސް އަލިފާން ނިއްވައިފައެވެ. އޭގައި ރޯވެފައިވަނީ ބެޓެރިއާއި ކުރީ ސީޓުގެ ދަށްފުށުގައެވެ. އަލިފާން ނިވި ބޭނުންކޮށްގެން އަލިފާން އެއްކޮށް ނިއްވައިލެވުނީ ފަތިހު 5:31 އެހައިކަންހާއިރު އެވެ.

މި ޙާދިޞާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު ދަނީ މި ޙާދިޞާ ތަޙުގީގްކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.