މަގުތަކުން ސިފައިން ފެން ހިންދާ ތަނަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

މިއަދު މާލެއަށް ވެހެމުންދާ ބޯވާރޭގެ ސަބަބުން މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު އެތަނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވަޑައިގެންފިއެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ވީއްސުރެ އަދިވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު ޑިފެންސް މިނިސްޓަރު ފެން ހެދިފައިވާ ބަޔެއް ސަރަހައްދު ތަކަށް ވަޑައިގެން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދާ ސިފައިންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވެފައި ވަނީ ސިފައިން އަތުގައި ހުރި ހުރިހާ އެއްޗެއް ފެން ހިންދުމަށް ބޭނުން ކުރަމުންދާ ކަމަށާއި ވީ އެންމެ އަވަހަކަށް މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ވާރޭ އިތުރަށް ބޯކޮށްނުލައިފިނަމަ ކުރިޔަށް އޮތް ގަޑިއެއްހާއިރު ތެރޭގައި މާލޭގެ މަގުތަކުގައި ހެދިފައިވާ ފެން ހިންދާލެވޭނެ ކަމަށެވެ. ސިފައިން ދަނީ 14 ސަރަހައްދެއްގައި ފެން ހިންދާ ޕަމްޕް ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.