ހައުސިން މިނިސްޓްރީއަށް ތިން ނައިބުން ޢައްޔަން ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ މިނިސްޓްރީއަކަށް ފަސް ނާއިބުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ތިން ނާއިބުންނާއި ޔޫތު މިނިސްޓްރީއަށް ނާއިބަކާއި، ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ނާއިބެއް ޢައްޔަން ކުރައްވައިފައެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށްގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވީ  ގަލޮޅު ބަހާރީގެ، ޒުހުރުﷲ ސިޔާދާއި، ޏ. ފުވައްމުލަކު، ދިގުވާނޑު، ސަވާ، ޚާލިސް ޝަރީފާއި، ގަލޮޅު މަތިހުރާ، މުޙައްމަދު ޢާޡިމެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވީ މާފަންނު، ޔުނިކޯން، މުޙައްމަދު އަޒުމީލެވެ.

މީގެ އިތުރަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ  އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެޑްވައިޒަރުގެ މަޤާމަށް ވެސް ވަނީ ނާއިބުގެ ފެންވަރުގައި ބޭފުޅަކު ހަމަޖައްސަވައިފައެވެ. އެ މަޤާމަށް ޢައްޔަން ކުރެއްވީ ހެންވޭރު ސުނާރު،  ޚަދީޖާ ނަސީމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.