ނިހާން ތިނަދޫ ދެކުނު ދާއިރާއަށް

2019ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު، އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދް ނިހާން ޙުސައިން މަނިކު ކުރިމަތި ލައްވާނީ ހުވަދު އަތޮޅު ތިނަދޫ ދެކުނު ދާއިރާ އަށެވެ. މިކަން އިޢުލާން ކޮށްފައިވަނީ މިރޭ ޕީޕީއެމް ގެ އޮފީހުގައި މެންބަރުންނަށް ޓީކެޓް ޙަވާލު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔަތެއްގައެވެ. 

މިރޭގެ ޙަފްލާގައި މަޖިލީހުގައި މިހާރު ޕީޕީއެމް ތަމްސީލު ކުރައްވަމުން ގެންދަވާ ހުރިހާ މެންބަރުންނަށް ވަނީ ޓިކެތް ޙަވާލު ކުރައްވާފައެވެ. އެ މެންބަރުންގެ ނަމާއި މެންބަރުން ކުރިމަތިލައްވާނެ ދާއިރާތައް އިޢުލާން ކުރެއްވީ ސްޕޯކްސްޕާރސަން، މުޙައްމަދު ޙުސައިން ޝަރީފް އެވެ.

ޕީޕީއެމް އޮފީހގުައި ކުރިއަށްދިޔަ ރަސްމިއްޠާތުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް ޔާމީން ވިދާޅުވީ މިރޭގެ ރަސްމިއްޔާތުގެ ކުރީން މަޖިލީހުގައި ވާދަ ކުރެއްވުމުގެ ލިޔުން މެންބަރުންނަށް ފޮނުއްވާފައިވާ ކަމަށެވެ. އެހެން ކަމުން އެބޭފުޅުންނަށް މިޙާރު ޓިކެޓް ޔަގީން ވެފައިވާ ކަމަށައި މިހާރުން ފެށީގެން ކެންޕޭން ކުރިއަށް ގެންދެއްވުމަށް އެދިވަޑަައިގަތެވެ. ދާއިރާ ބަދަލު ކުރައްވާަފައިވަނީ ހަމައެކަނި މެންބަރަކީ އަޙްމަަދް ނިހާން އެވެ. 

މިރޭ ޓިކެޓް ހަވާލުކުރެއްވީ މިހާރު މަޖިލީހުގައި ތިއްބެވި 24 މެންބަރުންނަށެވެ. ބާކީ ހުރި ދާއިރާތަކަށް ވެސް ވަރަށް އަވަހަށް ޓީކެޓް ހަވާލު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ބައެއް ދާއިރާތަކުގައި ޕްރައިމަރީ ވެސް ބާއްވަން ޖެހޭތީ ޕީޕީއެމް އިން ވާދަކުރާ ދާއިރާ ތަކުގެ ޖުމްލަ ޢަދަދު ވިދާލުވާން ދަތިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. ވިލިމާފަންނު ދާއިރާއިން ނުހޮވޭނެކަން ޔަޤީންވާތީ އެހެން ދިމާލަކަށް މިސްރާބު ޖެހީ. އެދާއިރާގެ މީހުންގެބޯކާލަން ފަސޭހަވާނެތީ. އެކަމަކު އެރަށު މީހުންނަށްވެސް އެނގޭ ނިހާންގެ އަޞްލު. މުޖައްރިބު ނުހޮވޭނެކަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.