ކޮންސްޓްރަކްޝަން ދާއިރާގައި ހުރި ކަންބޮޑުވުންތައް ރައީސާ ޙިއްސާ ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކޮންސްޓްރަކްޝަން ދައިރާގައި ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުޙައްމަދް ޞާލިހް އާއި ޙިއްސާ ކުރައްވައިފިއެވެ.

ކޮންސްޓްރަކްޝަން ދާއިރާ އާ ގުޅުން ހުރި ކަންކަމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު އެމް.އެން.އޭ.ސީ.އައި (މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ) އިން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އާއި ޙިއްސާ ކުރެއްވީ މިއަދު އެމް.އެން.އޭ.ސީ.އައި ގެ އެގްޒެކެޓިވް ބޯޑުން ރައީސާ އެކު ބޭއްވި ބައްދަލު ކުރެއްވުމަގައެވެ. އަދި ސަރުކާރާއި. އަމިއްލަ ޖަމިއްޔާތަކާއި ވިޔަފާރިވެރީން ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިއްމު ކަން އެ ބޭފުޅުން ހަމަ ކުރެއްވިއެވެ.

މެންބަރުން ހުށަހެޅުއްވި މައްސަލަތައް ބައްލަވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތް ކުރިޔަށް ގެންދިއުމގުައި ދިމާވާ ދަތިތަކާއި މައްސަލަަތަކަށް ޙައްލު ހޯދުމަށް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

އެމް.އެން.އޭ.ސީ.އައި  އާއި ރައީސް ބައްދަލުކުރެއްވީ ހޯމަ ދުވަހު ރައީސް އޮފީހުގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.