އަދާލަތު ޕާޓީން މަޖިލީހުގެ 13 ދާއިރާއަށް

ކުރިޔަސް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވާދަކުރަން ބޭނުން ވަނީ 13 ދާއިރާއަކުން ކަމަށް އެޕާޓީން ބުނެފިއެވެ.

މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކުން ވާދަކުރަން ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ރޭ ނިންމާފައި ވަނިކޮށް އަދާލަތުން މިއަދު ބުނެފައި ވަނީ އެޕާޓީން ބޭނުން ވަނީ ވާދަކުރަން 13 ދާއިރާއަކުން ކަމަށެވެ. އެ 13 ދާއިރާވެސް އަދާލަތުން މިއަދު ވަނީ އިއުލާނު ކޮފައެވެ.

މަޖިލީހުގެ އިންތިޚާބުގައި އަދާލަތުން ވާދަކުރަން ބޭނުންވާ 13 ދާއިރާއަކީ ކެލާދާއިރާ، ވައިކަރަދޫ ދާއިރާ، ކުޅުދުއްފުށި އުތުރު ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ކާށިދޫ ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ، ފުއައްމުލަކު ދެކުނު ދާއިރާ، އައްޑޫ ފޭދޫ ދާއިރާގެ އިތުރުން މާފަންނު ދެކުނު ދާއިރާއެވެ. މި 13 ދާއިރާގެ ތެރެއިން އަދާލަތުގެ މެމްބަރަކު މިވަގުތު މަޖިލީހުގައި އިންނެވީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އެކަންޏެވެ.

އެމްޑީޕީން ހުރިހާ ދާއިރާއަކުން ވާދަކުރަން ނިންމާފައިވާއިރު އަދާލަތުން 13 ދާއިރާގައި ވާދަކުރަން ނިންމި ނަމަވެސް ކޯލިޝަނުގައި ހިމެނޭ ޖޭޕީ އާއި ކުރީގެ ރައީސް މައުމޫނުގެ ޓީމުން އަދި މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.