ކަރެކްޝަންސްގެ ވެރިންނާ މިނިސްޓަރ ޢިމްރާން ބައްދަލު ކުރައްވައިފި

ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

މިއީ މިނިސްޓަރު ކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ކަރެކްޝަންސްގެ އިސްވެރިންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލު ކުރެއްވުންއޮތީ ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީހުގައި މިއަދުއެވެ.

މި ބައްދަލުކުރެއްވުމުގައި ކަރެކްޝަނުން ވަނީ އެތަނާ ބެހޭ މަޢުލޫމާތު މިނިސްޓަރަށް އަރުވައިފައެވެ. މި ބައްދަލު ކުރެއްވުމުގައިވަނީ މިހާރަށްވުރެ ބޮޑަށް އެތަން ތަރައްގީ ކުރެއްވުމާބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި، ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެތަނުގެ ކޮމިޝަނަރަކަށް ކުރިން ހުންނެވި އަޙުމަދު ޝިހާންވަނީ މަޤާމުން ވަކިކުރައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.