އެކްސަޒައިޒް ދޯސްތީ މިމަހު ބާއްވަނީ

އެމްއެންޑީއެފް ކޯސްޓްގާޑާ އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14" މިމަހުގެ 26 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި އެކްސަސައިޒް ފެއްޓުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 26 ވަނަ ދުވަހު އިސްލާމީ މަރުކަޒު ޖަލްސާކުރާ ހޯލުގައެވެ.

އެކްސަޒައިޒް އޮންނާނީ މިމަހުގެ 26 އިން ފެށިގެން 27 އަށެވެ. މި ޙަރަކާތަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ޙަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.

މިއަހަރު ބާއްވާ މި އެކްސަސައިޒްގައި އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރާއި ސްރީލަންކާ ކޯސްޓްގާޑުގެ މަނަވަރެއް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2016 އޮކްޓޯބަރުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.